މަންޒަރު ސިފަކޮށްދިނުމަށް ދުވަހުން ތައްޔާރުކޮށްފައިވާ އޭއައި ފޮޓޯއެއް -
ފިހާރަޔަކުން އެއްޗެހިތަކެއް ކެއުމަށްފަހު އެއަށް
ފައިސާ ނުދައްކާ ދާން އުޅުނުކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް ބަންދަށް
15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ.
މާލެ، މ. ތަރިވިލާގޭ، އުމުރުން 39 އަހަރގެ ފާޠިމަތު އަޙްމަދެވެ.
އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު 15 ދުވަހުގެ ބަންދުގެ
މުއްދަތެއް ޖަހާފައިވާއިރު ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ
މައްސަލައަކީ މާލޭ ފިހާރަޔަކުން ކާތަކެތި ނަގައި އެތަކެތި ކެއުމަށްފަހު ފައިސާ
ނުދައްކާ ދާން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް