ކަސްޓަމްސްގެ ދެ ވެރިޔަކު ވަކިކުރަން އަންގައިފިން: ރައީސް މުޢިއްޒު

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ވަކިކުރަން އަންގާފައިވާނެ ކަމުގައި ރައީސް މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ...

29 Oct 2025 | 05:59
ވަކި ކުރި ދެ ވެރިން - ފޮޓޯ: މިހާރު ނޫހުން ނަގާފައި -

ވަކި ކުރި ދެ ވެރިން - ފޮޓޯ: މިހާރު ނޫހުން ނަގާފައި -

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިޔުޓީ ކޮމިޝަނަރ

އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ވަކިކުރަން އަންގާފައިވާނެ

ކަމުގައި ރައީސް މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި

ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާގޮތުގައި

ކަސްޓަމްސް އަށް އެގޮތަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ

ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"

ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް

އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން

ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ރައީސަށް ފޮނުއްވި ސިޓީގައި

ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށެވެ.

"ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި

ތިއްބެވި ދެ ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށް، ކަސްޓަމްސް

ގެ އިތުރު ތިން މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ

އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި

ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް

ކަސްޓަމްސް ސަރވިސް އަށް އަންގައިފިން" ރައީސްގެ ޕޯސްޓްގައި

ވިދާޅުވެފައިވެއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އަދި އެހެން

މަސްދަރުތަކުންވެސް ރިޕޯޓްކޮށްފައިވާގޮތުގައި ވަކިކޮށްފައިވާ ދެ ވެރީންނަކީ  މަހްމޫދު ރިޔާޒް އަދި އަބްދުﷲ ވަހީދެވެ.

މައްސަލަތަކުގެ ފަސްފަހަތަށް ބަލައިލާއިރު ހޯކްސްގެ

ތެޔޮ ބޯޓެއްގައި 84 ހާސް ސިނގިރޭޓު ފޮށި އެތެރެކޮށް ތިލަފުށީގައި ހުންނަ ބޯޓުޔާޑުގެ

ޓީ ޖެޓީއަށް ބޭލި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.


އެޑިޓަރުގެ ނޯޓް

ިވަކިކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް، އިބްރާހިމް މަފާޒް ކަމަށް ލިޔެވުނީ، ޚަބަރު ޝާއިޢު ކުރި އިރު ލިބިފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށް ރިއާޔަތް ކުރުމަށްފަހުގައެވެ. ނަމަވެސް އެއީ ގޯސް މަޢުލޫމާތެއްކަން އެނގުމުން އެ މަޢުލޫމާތާއި ފޮޓޯ މިހާރު ވާނީ އިސްލާހު ކުރެވިފައެވެ.

މި ކުށަށްޓަކައި ޑީސީސީ މަފާޒްގެ އަރިހުން މަޢާފަށް ދުވަސް ނޫހުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް