ޣައްޒާ މަސްރަޙް: ނަތަންޔާހޫގެ އޯޑަރަށް ހަމަލަތައް އަލުން ފަށައި 26 މީހަކު ސަހީދުކޮށްލައިފި

ޣައްޒާ މަސްރަޙްގައި އަނެއްކާވެސް އިއްޔެގެ ތާރީޚް ލިޔަން މިޖެހެނީ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސުލްހައިގެ މަގުޗާޓެއްގެ ދަށުން މެދުކަނޑާލާފައި އޮތް ހަމަލަދިނުން،...

29 Oct 2025 | 00:31
ގާކުނޑިތަކާއި ފަސްތަކުގެ ދަށުން ހަށިތައް ހޯދުމުގެ މަސައްކަތް ހަމާސް އަންނަނީ ކުރަމުން - އެސޯސިއޭޓެޑް ޕްރެސް ފޮޓޯ / އަބްދުލް ކަރީމް ހަނާ

ގާކުނޑިތަކާއި ފަސްތަކުގެ ދަށުން ހަށިތައް ހޯދުމުގެ މަސައްކަތް ހަމާސް އަންނަނީ ކުރަމުން - އެސޯސިއޭޓެޑް ޕްރެސް ފޮޓޯ / އަބްދުލް ކަރީމް ހަނާ

ޣައްޒާ މަސްރަޙްގައި އަނެއްކާވެސް އިއްޔެގެ ތާރީޚް

ލިޔަން މިޖެހެނީ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. މި މަހުގެ 10 ވަނަ ދުވަހުން

ފެށިގެން ސުލްހައިގެ މަގުޗާޓެއްގެ ދަށުން މެދުކަނޑާލާފައި އޮތް ހަމަލަދިނުން،

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޯޑަރަށް އިސްރާއީލު އަސްކަރިއްޔާއިން

ރޭގައި މިވަނީ ފަށާފައެވެ.

ރާއްޖޭ ގަޑިން ބަލާނަމަ ރޭގެ 09:25 ހާއިރު ނެތަންޔާހޫ

އެ އޯޑަރު އިސްރާއީލުގެ އަސްކަރިއްޔާއަށް ދިނީ ހަމާސް އިން އެއްބަސްވުމާ ޚިލާފުވެއްޖެކަމަށް

ބުނެއެވެ.

އިސްރާއީލުން ބުނަނީ ޣައްޒާ ތެރޭގައި ހަމާސް އިން

އިސްރާއީލު ފައުޖުތަކަށް ހަމަލަދީފައިވާކަމަށާއި އަދި ހަމަ އެހެންމެ 2023 ވަނަ

އަހަރު މަރުވި މީހެއްގެ ހަށިގަނޑުގެ ބައިތައް ހަވާލުކޮށްގެން ހަމާސް އިން އޮޅުވާލަން

މަސައްކަތްކޮށްފި ކަމަށެވެ.

ނެތަންޔާހޫގެ އެ އޯޑަރާއެކު މައިގަނޑު ތިން

ހަމަލައެއް ދިން ކަމަށް މީޑިއާ ރިޕޯޓުތަކުން ފެންނާން އެބަ ހުއްޓެވެ.

އެ ތިން ހަމަލައަށް ބަލައިލާއިރު

01. ޣައްޒާގެ މެދުތެރެއިން ބުރެއިޖް ރެފިއުޖީ ކޭމްޕްގެ

ގެއަކަށް އަމާޒުކޮށް ދިން ހަމަލައެއްގައި ފަސް މީހަކު ސަހީދުވި

02. ޣައްޒާ ސިޓީގެ ސަބްރާ އަވަށުގެ އިމާރާތަކަށް ދިން

ހަމަލައެއްގައި ހަތަރު މީހަކު ސަހީދުވި

03. ޚާން ޔޫނިސްގައި ކާރަކަށް އަމާޒުކޮށް ދިން ހަމަލައެއްގައި

ފަސް މީހަކު ސަހީދުވި

* ހަމަލަތަކުގައި އެކު ޖުމުލަ 26 މީހަކު ސަހީދުވި

ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުރިއަށްދާ ސުލްހައިގެ މަގުޗާޓު އެކުލަވައިލި

މެދުވެރިޔަކީ އެމެރިކާ ކަމުގައިވާއިރު އިސްރާއީލުގެ މި ހަމަލަތަކާއިމެދު

އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުން އަދި

ދެމި އެބަ އޮތް ކަމަށާއި ރޭގެ ހަމަލަތަކަކީ ކުރަމުން އަންނަ ބޮޑު މަސައްކަތަކަށް

އެރި ކުޑަ ލޮޅުމެއް ކަމަށެވެ.

އިސްރާއީލުގެ އެ ތުހުމަތުތައް ހަމާސް އިން ދޮގު

ކުރެއެވެ. ހަމާސް އިން ބުނެފައިވަނީ ޣައްޒާ ތެރޭގައި އިސްރާއީލުގެ ފައުޖަކަށް

ހަމަލަދީފައިނުވާކަމަށާއި އަދި އިސްރާއީލުން ހަމަލަ ދޭނަމަ ބާކީ ހަށިތައް ހަވާލު

ނުކުރާނެ ކަމަށެވެ. ނަމަވެސް ސުލްހައިގެ އެއްބަސްވުންމަތީގައި ދެމިތިބިކަންވެސް

ހަމާސް އިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް