ކޮރަޕްޝަނުގެ މައްސަލަތަކަކާއި ގުޅިގެން ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިިފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެެވެ. ސައީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭސީސީއިން ތަހުގީގުކުރާ ކޮރަޕްޝަންގެ މައްސަލަ ތަކަކާއި ގު...

29 Oct 2024 | 16:43

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެެވެ.

ސައީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭސީސީއިން ތަހުގީގުކުރާ ކޮރަޕްޝަންގެ މައްސަލަ ތަކަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި އެދިގެން ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

ކުރީ ސަރުކާރުގައި ސައީދު އެ މަގާމުގައި ހުންނެވި އިރުވެސް ސައީދަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނިމިފައެއް ނުވެއެވެ.

މި ސަރުކާރުގެ ފެނަކައިގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ނިމިދިޔަ ސަރުކާރުން އެ ކުންފުނީގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް