ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ހާލު ދެރަވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އިދާރާގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހާލުދެރަވެގެން ހޮސްޕިޓަލުގައި އެޑްމެޓް ކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި މިރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަބްދުއްރަހީމަކީ ހިތުގެ ބަލި ހުންނަ ބޭފުޅެކެވެ. އެހެން ނަމަވެސް ހާލު ދެރަވި ވަކި ސަބަބެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް