އާރުޓީއެލް ފެރީގެ ޓިކެޓުގެ އަގުތައް ބޮޑުކުރަން ޖެހޭ ކަމަށް ޓްރާސްޕޯޓް މިނިސްޓަރ ވިދާޅުވެއްޖެ

އަތޮޅުތަކުގެ ފެރީ "އާރްޓީއެލް" ފެރީގެ ޓިކެޓް ތަކުގެ އަގުތައް ބޮޑު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހުގައި ޑްރައިވާސް އެސޯސިއޭޝަންއިން ހުށަހެޅ...

29 Oct 2024 | 14:31

އަތޮޅުތަކުގެ ފެރީ "އާރްޓީއެލް" ފެރީގެ ޓިކެޓް ތަކުގެ އަގުތައް ބޮޑު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ޑްރައިވާސް އެސޯސިއޭޝަންއިން ހުށަހެޅި މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ފެރީގެ ޚިދުމަތް އަގުހެޔޮކޮށް ދިނުމަށް ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށެވެ.

އެހެން ކަމަުން ދިގު މުއްދަތަކަށް އެގޮތަށް އެ ޚިދުމަތް ނުދެވޭނެ ކަން މިނިސްޓަރ ފާހަގަ ކުރިއެވެ. އެގޮތުން ފެރީގެ ޚިދުމަތް ފެށި ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން48 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމާއި، މިދިޔަ އަހަރު130 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމާއި ހަމައަށް280 މިލިއަން ރުފިޔާ އިން މައްޗަށް އަދަދު އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، ސަބްސިޓީ ލެވެލް55 ޕަސެންޓަށް ކުޑަކޮށް،40 ޕަސެންޓަށް ރިކަވަރީ ކުޑަކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އާރުޓީއެލް ޚިދުމަތުގެ އަގުތައް ކަނޑައެޅުމަށް އިކޮނޮމިކް ކައުންސިލަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ. މިއީ ކުރީ ސަރުކާރުގައި ވެސް އަގުތައް ކަނޑައެޅުއްވި ގޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް