ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުން ގެންދާ، ޤާނޫނު ނަންބަރު15/2010 (ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނު) އަށް ވަނަ އިސްލާހުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން މިކަމާއި ގުޅިގެން ކުރި އިއުލާނުގައި ބުނީ، މިއަދުން ފެށިގެން ނޮވެންބަރު03ވާ އާދިއްތަ ދުވަހުގެ12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ އީމެއިލަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށެެވެ.
ރާއްޖޭގައި ދުންފަތް ބޭނުންކުރުން ކުރުން ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް