ފުލުހުން ބަލަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގައި މީހެއްގެ ވަނަވަރު ހާމަކޮށްފިއެވެ.
އެގޮތުން މިއަދު ފުލުހުން ހާމަކޮށްފައިވަނީ އއ. މާޅޮސް، ބަނަފްސާގެ، އުމުރުން 41 އަހަރުގެ ހައްވާ ތައުލީމާގެ ވަނަވަރެވެ.
ފުލުހުން ބުނެފައިވަނީ ތައުލީމާ ހާޒިރުވާން އަންގަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
ތައުލީމާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް