މިހާރު ކަންކަން މިދަނީ އެންޓި ކޮރަޕްޝަންގެ ރައީސަށް ރިޝްވަތު ދީ ރެހެންދި ފްލެޓް ދިން ޒަމާނަށް ރުޖޫއަވާންކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލ މުހައްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ އޭސީސީގެ ރައީސާއި ނައިބުރައީސްކަމަށް ބޭފުޅުން އައްޔަންކުރައްވަން ބޭނުންފުޅުވާ ނަންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ހިޔާރުކޮށް ފޮނުވާ ފޮނުވުމުގެ އިސްލާހު މަޖިލީހަށް ބަލައިގަތުމާއިމެދު ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ ހުށަހެޅިފައިވަނީ އިސްލާހެއްވެސް ނޫން ކަމަށާއި ފަހަތަށް އެޅޭ ފިޔަވަޅަކަށް އިސްލާހެކޭ ނުކިޔާނެ ކަމަށެވެ.
2024 ވަނަ އަހަރު 20 ވަނަ މަޖިލީހުގައި 90ގެ އަހަރުތަކުގެ ތެރޭގައި ހުށަހެޅޭފަދަ ބިލްތައް ހުށަހެޅުމަކީ ލަދުވެތިކަމެއްކަމުގައިވެސް މެންބަރު މީކާއިލް ފާހަގަކުރެއްވިއެވެ.
މިއަދު ބަހުސް ކުރެވެމުންމިދާ އިސްލާހަށް ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ ވާހަކަފުޅު ބައްޓަންކުރައްވަމުން ގެންދަވަނީ މި އިސްލާހަކީ ހެޔޮ، ރަނގަޅު އިސްލާހެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް