ހަމަ އެކަނި އޭސީސީ ނޫން ކަމަށާއި ހުރިހާ ކޮމިޝަނެއްގެ ރައީސުން އައްޔަންކުރުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލުމަކީ ހަމަ ކުރަން ރަނގަޅުކަމެއް ކަމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެއެވެ.
އައިބީ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެ އިސްލާހަކީ އެންޓި ކޮރަޕްޝަންގެ ރައީސްކަމަށް އައްޔަންކުރަން ބޭނުންވާ ބޭފުޅަކު ސީދާ ރައީސް ހިޔާރުކުރައްވާގޮތަށް އޮތް އިސްލާހެކެވެ.
އެ އިސްލާހަށް ވާހަކަފުޅު ދައްކަވަމުން އައިބީ މިސާލު ނެންގެވީ ކަތީބުންގެ ވާހަކައިގެންނެވެ. އެގޮތުން މިހާރު ރަށްރަށާއި އަތޮޅުތަކަށް އިންތިހާބު ކުރެވޭ މެންބަރުންނާއި ރައީސުންނަށްވުރެ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަތީބުން އައްޔަންކުރި އިރު ކަންކަން މާ ރަނގަޅު ކަމަށެވެ.
އައިބީ އިތުރަށް ވިދާޅުވީ ހަމަ އެކަނި ކޮމިޝަންތަކުގެ ރައީސުން ނޫން ކަމަށާއި ކޮމިޝަންތަކަށް ވަކިވަކި މެންބަރުންވެސް އައްޔަންކުރުމުގެ ފުރުސަތު އޮންނަންވީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް