ލޯޔަލް އަދި ގްރާސްރޫޓުގެ މެންބަރުންނާއި ރައީސް ޔާމީން ބައްދަލުކުރައްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މިވަގުތު ތިއްބެވި ރައީސް ޔާމީނަށް ލޯޔަލް އަދި ގްރާސްރޫޓުގެ މެންބަރުންނާއި ރައީސް ޔާމީން މިރޭ ބައްދަލުކުރައްވައިފިއެވެ. ޗެނަލް 13 އިން މިރޭ ރިޕޯޓްކުރިގ...

29 Oct 2023 | 16:55

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މިވަގުތު ތިއްބެވި ރައީސް ޔާމީނަށް ލޯޔަލް އަދި ގްރާސްރޫޓުގެ މެންބަރުންނާއި ރައީސް ޔާމީން މިރޭ ބައްދަލުކުރައްވައިފިއެވެ.

ޗެނަލް 13 އިން މިރޭ ރިޕޯޓްކުރިގޮތުގައި ރައީސް ޔާމީން މިރޭ އެ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމްގެ އޮފީހުގައެވެ.

އެ ޗެނަލުން ރިޕޯޓްކުރި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް ޔާމީނަށް ލޯޔަލް އަދި ގްރާސް ރޫޓުގެ ޕީޕީއެމް މެންބަރުންނެވެ.

އެ ބައްދަލުކުރެއްވުމުގެ ބައެއް މަންޒަރުތައް ޗެނަލް 13 އިން ލައިވްކޮށް ދެއްކި ނަމަވެސް އަޑު ގެނެސްދީފައެއް ނުވެއެވެ.

އެކަމާއި ގުޅޭގޮތުން ޗެނަލް13 އިން ބުނެފައިވަނީ ރައީސް ޔާމީނަށް އިންޓަވިއު ދެއްވުމުގެ ހުއްދަ އަދި ލިބިފައިނުވާތީ އަޑު ގެނެސްދެވެން އަދި ނެތީ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު ރައީސް ޔާމީންގެ ޖަލު ބަންދު ގޭ ބަންދަށް ބަދަލުކުރި ކުރުން ރޭގައިވަނީ މާލޭ ބަންދަށް ބަދަލުކޮށްފައެވެ. މާލޭ ބަންދަށް ބަދަލުކޮށްފައިވަނީ ޖަލްސާތަކުގައިވެސް ބައިވެރިވެވޭނެ ހެން ދަ ގްރޭޓާ މާލެ އޭރިއާ ކަމުގައިވާ ވިލިމާލެ، މާލެ އަދި ހުޅުމާލޭގައި ހަރަކާތްތަކުގައިވެސް ބައިވެރިވެވޭނެހެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް