އައްޑޫސިޓީ ފޭދޫ ހަސީނީ ސްޓޯރ ކައިރި، ފަޅުގެއެއްގެ ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނާ ގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:15 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.
މިގޮތުން އެ ސަރަހައްދަށް ފަޔަރ ފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މެންދުރުފަހު 13:08 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް