ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މިއަދު ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މިއަދު ގުޅިވަޑައިގެންފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނެފައިވަނީ ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ނަސީމް މިއަދު ޕީއެންސީއާއި ގުޅިވަޑައިގެންފައިވާކަމަށާއި ނަސީމަށް މަރުހަބާ ދަންނަވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ނަސީމް ޕީއެންސީއަށް މިއަދު ސޮއި ކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އާއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު ޕީއެންސީއާއި ގުޅިވަޑައިގެންފައިވާއިރު ޕީއެންސީއަކީ މި ފެށޭ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރާނެ މައި ޕާޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް