ޣައްޒާއަށް މުވާސަލާތީ ހިދުމަތްތައް ލިބެން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން މިއަދު ހެނދުނުއްސުރެ އިންޓަނެޓާއި ފޯނުގެ ހިދުމަތް ޣައްޒާގެ އެކި ސަރަހައްދުތަކަށް މިހާރު ލިބެމުން އަންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޣައްޒާއިން މުވާސަލާތީ ހިދުމަތްތައް މެދުކެނޑުނީ ހުކުރު ދުވަހުގެ ރޭ އިޒްރޭލު ފައުޖުތަކުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުންނެވެ. އެ ހަމަލާއާއެކު އިންޓަނެޓާއި ފޯނުގެ ހިދުމަތް ކެނޑި ހަމަ އެކަނި މަދު ސެޓަލައިޓް ފޯނެއްގެ ގުޅުން ފިޔަވައި ޣައްޒާއާއި ދުނިޔެއާއި އެކުގައިހެން ގުޅުން ކެނޑުނެވެ.
އަލުން މުވާސަލާތީ ހިދުމަތްތައް ލިބެން ފަށާފައިވާއިރު ސޯޝަލް މީޑިއާގައި ޣައްޒާއަށް ނިސްބަތްވާ އަދި ޣައްޒާގައި އާއިލާތައް ތިބި ފަރާތްތަކުން އަންނަނީ އެކަކު އަނެކެއްގެ ހާލު މިހާރު އެނގި، ލިބެމުންދާތީ އެކަމާއި ގުޅޭ ޕޯސްޓްތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް