މަޝްހޫރު ފްރެންޑްސް ސީރީޒްގައި "ޝޭންޑްލާ ބިންގް" ގެ ރޯލު ކުޅުނު މެތިއު ޕެރީ މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިއްޔެގެ މެންދުރުގެ ވަގުތެއްގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖަލިސްގައި އޭނާ ދިރިއުޅޭ ގޭގެ ހޮޓް ޓަބްގައި އޮއްވައެވެ.
މެތިއު ޕެރީގެ މަރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މެތިއު ޕެރީ މަގްބޫލު ތަރިއެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔައީ 1994 އިން 2004 އަށް ދިހަ ސީޒަނެއް ގެނެސްދިން އެންބީސީގެ ފްރެންޑްސްގައި ކުޅުނު ރޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް