އިޒްރޭލުން އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަސް ހާހަށްވުރެ ގިނަ ގައިދީން މިނިވަންކުރަން އެއްބަސްވާނަމަ ޣައްޒާގައި ތިބި އިޒްރޭލާއި އެހެން ގައުމުތަކަށް ނިސްބަތްވާ އަސީރުން މިނިވަންކުރަން ތައްޔާރުކަމުގައި ހަމާސް ޖަމާއަތުގެ ލީޑަރު ޔަހްޔާ އައްސިންވާރު ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
ޔަހްޔާ އައްސިންވާރު މިހެން ބުނެފައިވާއިރު ހަމާސްގެ ތަރުޖަމާނު އަބޫ އޮބައިދާވެސް ވަނީ މިރޭ މި މޭރުމުން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ އިޒްރޭލުން އެއްބަސްވާނަމަ އެގޮތަށް އަދި ވަކިވަކިން އަސީރުންނާއި ގައިދީން ބަދަލުކުރުންވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އިޒްރޭލުން މިކަމާއިމެދު އަދި ސީދާ ވަކި އެއްޗެއް ނުބުނެއެވެ.
ހަމާސްގެ ލީޑަރު މިރޭ ބަހެއް ބުނެފައިވާއިރު އޭނާގެ ބަހެއް އެންމެފަހުން އާއްމުވެފައިވަނީ މީގެ ހަ މަސް ދުވަސްކުރިން އޭޕްރީލް މަހުގައެވެ.
އެދުވަހު "ޤުދްސް ޑޭ" ގައި ހަމާސްގެ ލީޑަރުގެ ވާހަކައިގާ އިޒްރޭލަށް ކެތް ނުވާވަރުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް