ސައިފް، ކުޑަ ސޮރާއި ކަރީނާ ނުލާ ރާއްޖެއަށް !

ބޮލީވުޑް ބަތޮލު، ސައިފް އަލީ ޚާން އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި އެންމެ ކުޑަ ދަރިފުޅު ޖެހެންގީރާ ނުލާ ރާއްޖެއަށް މިސްރާބު ޖަހާފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. އިންޑިއާ މީޑިއާގައި ...

29 Oct 2022 | 14:58

ބޮލީވުޑް ބަތޮލު، ސައިފް އަލީ ޚާން އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި އެންމެ ކުޑަ ދަރިފުޅު ޖެހެންގީރާ ނުލާ ރާއްޖެއަށް މިސްރާބު ޖަހާފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ސައިފް އޭނާގެ ދަރި، ތައިމޫރާއެކު އެއާޕޯޓުން ވަނީ ފެނިފައެވެ. އަދި ދެ ބަފައިން މިސްރާބު ހުރީ ރާއްޖެއަށް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ސައިފް އާއި ތައިމޫރް ރާއްޖެއަށް މިސްރާބު ޖަހާފައިވާއިރު ކަރީނާއާއި ޖޖެހެންގީރް މިވަގުތު ތިބީ ފިލްމީ ޕްރޮޖެކްޓެއްގެ ޝޫޓިންއެއްގައި ބައިވެރިވުމަށްގޮސް ލަންޑަނުގައެވެ.

ސައިފް އާއި ކަރީނާ އޭނާގެ ދަރިން ގޮވައިގެން މީގެ ކުރިންވެސް ވަރަށް ގިނައިން ރާއްޖެ އައިސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް