ބިގް ބޮސް ހައުސްއިން އަބްދު އައުޓް ކޮށްލަނީ!

މިހާރު ކުރިޔަށްދާ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 16" އިން ތަޖަކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދު ރޯޒިކް އައުޓް ކޮށްލަން އުޅޭހެން ހީވާން ފަށައިފި އެވެ. މި ޝޯގައި އަބްދު ބައިވެރިވެފ...

29 Oct 2022 | 14:12

މިހާރު ކުރިޔަށްދާ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 16" އިން ތަޖަކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދު ރޯޒިކް އައުޓް ކޮށްލަން އުޅޭހެން ހީވާން ފަށައިފި އެވެ.

މި ޝޯގައި އަބްދު ބައިވެރިވެފައިވަނީ އިންޑިއާއަށް ކުރި ދަތުރެއްގައި ލިބުު ބޮޑު ތަރުހީބާއި އެކު އެވެ. ބިގް ބޮސް ގޭގައިވެސް އޭނާ އަކީ އެންމެ ގިނަ ބަޔަކު ލޯބިވާ މީހާ އެވެ.

އުމުރުން 19 އަހަރުގެ އަބްދު އެ ޝޯގައި އުޅެނީ ހުރިހާ އަންހެން ވެރިންގެ ލޯބި ހޯދައިގެން އެމީހުން ފަހަތުން ކަމަށް ބިގް ބޮސްއާއި ގުޅޭގޮތުން ވާހަކަ ދައްކާ މީހުން ބުނެ އެވެ. އެކަމަކު އޭނާ އާއި ދެކޮޅަށް މިހާތަނަށް އެ ގޭގެ މީހުންނާއި ޝޯގެ ސަޕޯޓަރުންވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

އެކަމަކު މިރޭ ކަލާސްއިން ދައްކާ އެ ޝޯގެ ވީކެންޑްކީ ވާރްގެ ފުރަތަމަ އެޕިސޯޑުގެ އިޝްތިހާރުގައި ފެންނަނީ ޝޯއިން ކަޓާ ތިން މީހުންގެ ތެރޭގައި އޭނާ ހިމެނޭތަނެވެ. އަދި އިޝްތިހާރުގައި ކަޓާ މީހުންގެ ތެރޭގައި އޭނާ ހިމެނެނީ އެހެން ބައިވެރިންގެ ސަބަބުން ކަމަށް ޝޯގެ ޕްރެޒެންޓަރު ސަލްމާން ހާން ބުނެ އެވެ.

އެ އިޝްތިހާރުގައި އަބްދު ވަރަށް ދެރަވެފައި ހުރެ ގޮނޑިން ތެދުވާތަން ފެނުނު ނަމަވެސް ދެން ވާނެ ގޮތެއް ނުދައްކަ އެވެ. އޭނާ ގޮނޑިން ތެދުވާއިރު އެހެން ބައިވެރިން އަބްދު ކަޓުވާނުލުމަށް އެދި ރޯތަން ފެނެ އެވެ.

އަބްދު އައުޓް ކޮށްލަނީ ކަމެއް ނުވަތަ އެއީ ބެލުން ތެރިން ތަޅުވާލަން ހަދާ ގޮތެއް ކަމެއް އަދި ނޭނގެ އެވެ. ވީކެންޑުކާ ވާރު ދައްކަން ފެށީ ރެ އެވެ. އަދި މި ހަފްތާގައި ކަޓާ ބައިވެރިޔާ އިނގޭނީ މިރޭގެ އެޕިސޯޑުގައި އެވެ.

އަބްދު އެ ޝޯގައި ބައިވެރިވެފައިވަނީ ހަފްތާއަކު 2.5 ލައްކަ ރުޕީސްގެ އަގަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް