މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތަށާއި ނެދަލޭންޑަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރ ޢަބްްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިނގިރޭސިވިލާތަށާއި ނެދަލޭންޑަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ޝާހިދުގެ މި ދަތުރުފުޅަކީ މިއަދުނ...

29 Oct 2022 | 11:26

ފޮރިން މިނިސްޓަރ ޢަބްްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިނގިރޭސިވިލާތަށާއި ނެދަލޭންޑަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ޝާހިދުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލުގެ އިތުރުން ޖޮއިންޓް ސެކެޓްރީ ޝިއުނީން ރަޝީދުވެސް ބައިވެރިވެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސި އާސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކްލެވަރލީއާއި ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން ގެ މި ދަތުރުފުޅުގައި ހަމަނުޖެހުންތަކުގައި ހިންގާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އައްޔަން ކުރައްވާފައިވާ އިނގިރޭސި ބޮޑުވަޒީރުގެ ޚާއްސަ މަންދޫބުގެ އިތުރުން މިނިސްޓްރ އޮފް ސްޓޭޓް ފޯ ދަ މިޑްލްއީސްޓް، ސައުތު އޭޝިއާ އެންޑް ދަ ޔުނައިޓެޑް ނޭޝަންސް، ވިމްބަލްޑަންގެ ލޯރޑް އަހުމަދުގެ އިތުރުން މިނިސްޓަރ ފޯ އޭޝިއާ، އެނާރޖީ ކްލައިމެޓް އެންޑް އެންވިރޮންމަންޓް، ދަ ލޯރޑް ގޯލްޑްސްމިތު އާއި ހައުސް އޮފް ކޮމޮންސްގެ މެމްބަރުންނާއި ހައުސް އޮފް ލޯރޑްސްގެ ބައެއް މެމްބަރުންނާވެސް މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، ޝާހިދުގެ މި ދަތުރުފުޅުގައި އޮކްސްފޯރޑް ޔޫނިއަން ސޮސައިޓީގައި "ދަ ފިއުޗަރ އޮފް މަލްޓިލޭޓަރިޒަމް" މިމައުޟޫއަށް ތަގުރީރު ކުރައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް