މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު1.3 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1,317,573 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން 186،388 ޓޫރިސްޓުން ރާއްޖެ އައިސްފަ ވެއެވެ.
ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 159،657 ޓޫރިސްޓުން އައިސްފައިވެ އެވެ. ލިސްޓުގެ ތިން ވަނާގައި 144،566 ޓޫރިސްޓުންނާ އެކު އޮތީ އިނގިރޭސިވިލާތެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރެޖުކޮށް ދުވާލަކު 4،250 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް ހަތް ދުވަހާއި އަށް ދުވަސްރާއްޖޭގައި ހޭދަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިހާރުގެ ހިސާބުތައް ދައްކާގޮތުން އެ އަދަދު މިއަހަރު ނިމުމުގެ ކުރިން ހަމަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް