ފެބްރުއަރީގެ ކުރިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އާ ތިން ބޯޓު ގެންނަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރާ ބޯޓުތައް އަންނަ ފެބްރުއަރީގެ ކުރިން ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. މޯލްޑިވިއަންއިން މަސައްކަތް ކުރަމުން ދަނީ އޭޓީއާރު މަރުކާ އިތުރު ތި...

29 Oct 2022 | 09:34

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރާ ބޯޓުތައް އަންނަ ފެބްރުއަރީގެ ކުރިން ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންއިން މަސައްކަތް ކުރަމުން ދަނީ އޭޓީއާރު މަރުކާ އިތުރު ތިން ބޯޓު ގެންނާށެވެ. އެ ބޯޓުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުންތަކުގައި އެވެ.

އޭގެ ތެރޭގައި ހިމެނެނީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެކެވެ.

"ދުވަސް" އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް ޑީޕާޓްމެންޓުން ބުނީ މިހާރު ހަމަޖެހިފައިވާ ގޮތުން އޭގެ ތެރެއިން 72 މަރުކާގެ ދެ ބޯޓު އަންނަ ޑިސެމްބަރ މަހު ލިބޭނެ އެވެ. އަނެއްބޯޓު ލިބޭނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެ ކުންފުނީގެ އުންމީދަކީ މިހާރު ހަމަޖެހިފައިވާ ތާރީހުތަކުގައި ބޯޓުތައް ލިބުން ކަމަށާއި އެއަށްވުރެ ފަސް ނުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭޓީއާރު 72 މަރުކާގެ ބޯޓުގެ ޖާގައަކީ 74 މީހުނެވެ. އަނެއް ބޯޓުގެ ޖާގައަކީ 50 މީހުނެވެ.

މީގެ އިތުރުން މޯލްޑިވިއަންއިން ދަނީ ބައިނަލްއަގުވާމީ ދަތުރުތަކަށް އެއާބަސްގެ ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެ އެއާލައިންގައި މިހާރު އޮތީ23 ބޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް