އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެފައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މިހާރު ފުވައްމުލައް ސި...

29 Oct 2022 | 07:37

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެފައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މިހާރު ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ  (މިރޭ) ޙާފިޒް އަޙްމަދު ސްކޫލުގައެވެ.

އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އާދިއްތަ ދުވަހުގެރޭ (މާދަމާ ރޭ)  އައްޑޫ ހައި ސްކޫލްގައެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން ބަދަލުވި ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު  8:45 ކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ  އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢު އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތަކުން ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގައި ބޭއްވި ދަރުހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މުފްތީ މެންކާގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް