ތޫފާން ނަލްގޭގައި ފިލިޕިންސުން 45 މީހަކު މަރުވެއްޖެއެވެ.
މި ތޫފާން ފިލިޕީންސަށް އަރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ތުފާނުގައި ގަޑިއަކު 95 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހޭއިރު ވިލާގަނޑުގައި 99 ގަޑިއަކު 99 ކިލޯމީޓަރަށް ވައިގަދަވާކަން ރިޕޯޓްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި ތޫފާނާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެ ގައުމުން ބުނެފައިވަނީ ތޫފާނުގެ އަސަރު ބޮޑަށް ކޮށްފައިވަނީ އެ ގައުމުގެ ދެކުނުގެ ސަރަހައްދެއްކަމުގައިވާ މިންޑަނާއޯ ސަރަހައްދަށް ކަމަށާއި ހަމައެކަނި އެ ސަރަހައްދުންވެސް 40 މީހަކު މަރުވެފައިވާކަމަށެވެ.
45 މީހަކު މަރުވެފައިވާއިރު 30 މީހަކު ޒަހަމްވެ، 15 މީހަކު ގެއްލިގެން ހޯދަމުން އަންނަކަމުގައިވެސް ފިލިޕީންސްގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
މި ތޫފާނުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހެމުން އަންނައިރު ކޯރުތައް ބަންޑުންވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
މި ތޫފާނާއި ގުޅިގެން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން މިހާރު ފެށިގެން ކުރިއަށްދާއިރު ފިލިޕީންސަކީ އާންމުގޮތެއްގައި މިފަދަ ތޫފާންތަކާއި ކުރިމަތިވާ ގައުމެކެވެ. އެގޮތުން އެ ގައުމަށް އަހަރެއްގެ ތެރޭގައި އާންމުގޮތެއްގައި 20 ވަރަކަށް މިފަދަ ހާދިސާ ކުރިމަތިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް