އޮޕަރޭޝަން ހޭހާން"، ކަރެކްޝަންގެ ސީނިއާ އޮފިސަރުން ގައިދީން ގޮވައިގެން ޑޮކްޓަރަށް

ގައިދީން ޑޮކްޓަރަށް ދެއްކުމަށް ހާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޮޕަރޭޝަނެއް ފަށައިފި އެވެ. "އޮޕަރޭޝަން ހޭހާން" ނަމުގައި މިއަދު ފެށި މި އޮޕަރޭޝަންގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން...

29 Oct 2022 | 06:47

ގައިދީން ޑޮކްޓަރަށް ދެއްކުމަށް ހާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޮޕަރޭޝަނެއް ފަށައިފި އެވެ.

"އޮޕަރޭޝަން ހޭހާން" ނަމުގައި މިއަދު ފެށި މި އޮޕަރޭޝަންގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ގައިދީންނަށް އެ ފުރުސަތު ފަހިކޮށްދޭނެ އެވެ. މިއީ ޖަލުގައި ތިބޭ ޑޮކްޓަރުން ލަފާދީފައިވާ ޤައިދީންގެ އަދަދު އިތުރުވަމުންދާތީ އެކަން ހައްލު ކުރުމަށް ކުރިއަށް ގެންދެވޭ ޚާއްސަ އޮޕަރޭޝަނެކެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް ދެނެގަނެ ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި އެކަމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި އަހުމަދުގެ އިތުރުން ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރޭގައި70 އަސްވުރެ އޮފިސަރުން ހިމެނެ އެވެ،

މި އޮޕަރޭޝަންގައި ގައިދީންނާއި ބަންދު މީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދާއި، ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި އޮރޭޝަންގައި 70 އަށްވުރެ ގިނަ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ

https://twitter.com/ahumadhumohamed/status/1586221051285237760

ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި އޮރޭޝަންގައި 70 އަށްވުރެ ގިނަ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިފަހަރުގެ އޮޕަރޭޝަން ކުރިޔަށް ދާނީ ތިން ހަފްތާގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް