ފޯނުގައި ހުރި ފޮޓޯތަކެއް ޑިލީޑް ނުކޮށްގެން ފިރިހެނަކު ލޯބިވެރިޔާގެ އެކުވެރިއެއް މަރާލައިފި

ފޯނުގައި ހުރި ފޮޓޯތަކެއް ޑިލީޓު ނުކޮށްގެން އިންޑިއާ ފިރިހެނަކު، އޭނާގެ ލޯބިވެރިޔާގެ އެކުވެރިއަކު މަރާލައިފި އެވެ. މިހާދިސާގައި މަރާލާފައި ވަނީ އުމުރުން 22 އަހަރުގެ މަނީޝް ކިޔާ މީހެކެވެ. އޭނާ އަކީ ވެރި...

29 Oct 2022 | 06:21

ފޯނުގައި ހުރި ފޮޓޯތަކެއް ޑިލީޓު ނުކޮށްގެން އިންޑިއާ ފިރިހެނަކު، އޭނާގެ ލޯބިވެރިޔާގެ އެކުވެރިއަކު މަރާލައިފި އެވެ.

މިހާދިސާގައި މަރާލާފައި ވަނީ އުމުރުން 22 އަހަރުގެ މަނީޝް ކިޔާ މީހެކެވެ. އޭނާ އަކީ ވެރިރަށް ދިއްލީގެ މޮބައިލް ފޯނު ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ.

ދިއްލި ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓު ކުރުމުން ކަމަށެވެ. މަނީޝްގެ ހަށިގަނޑު ފެނުނީ ހޯދަމުން ދަނިކޮށް މީހުން ނޫޅޭ ސަރަހައްދެއްގައި މަރާލާފައި އެއްލާލާފައި އޮއްވަ އެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ 22 އަހަރުގެ ސަންޖޭ ބުއްޗާ އާއި 21 އަހަރުގެ ސީތާރާމް ސުތާރް ކިޔާ ދެ ފިރިހެނުންނެވެ. އެމީހުން ހައްޔަރު ކުރީ މަނީޝްއާއި ފޯނުން އެންމެ ފަހުން މުއާމަލާތް ކޮށްފައިވާ މީހުންގެ ރެކޯޑުތައް ބެލުމުގެ ތެރޭގައި ފާހަގަވި ޝައްކު ކުރެވޭ ކަންތައްތަކަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ދެމީހުން ވަނީ މަނީޝް މަރާލި ކަމަށް އެއްބަސްވެފައި ކަމަށެވެ.

އޭގެ ތެރެއިން މަނީޝް ގާތް ގުޅުމެއް އޮންނަނީ ސަންޖޭގެ ލޯބިވެރިޔާ އާއި އެވެ. ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަކަން ސަންޖޭއަށް އެނގުނީ އޭނާގެ ލޯބިވެރިޔާގެ ފަރާތުންނެވެ.

ސަންޖޭ އާއި ހަވާލާދީ ފުލުހުން ބުނީ މަނީޝް މަރާލަން ޖެހުނީ އޭނާ އާއި ބައްދަލު ކުރަން ގުޅައިގެން ގެންގޮސް ލޯބިވެރިޔާ އާއި ވާހަކަ ދެއްކުން ހުއްޓާލައި ފޯނުގައި ހުރި އޭނާގެ ލޯބިވެރިޔާގެ ފޮޓޯތައް ޑިލީޓް ކުރުމަށް އެދުމުން މަނީޝް އެކަމަށް ދެކޮޅު ހެދުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް