ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ދިވެއްސަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބަރޮސް މޯލްޑިވްސް ރިސޯޓުގެ ލޯންޗެއްގައި ދިޔަ ހިއްކަން ވެގެން ޕަންޕު ޖެއްސި ވަގުތު ލޯންޗުގައި ރޯވެ ފިހިފައިވަނީ ބަރޮސް ރިސޯޓުގެ ދެ މުވައްޒަފުންނެވެ.
މި ހާދިސާގައި ފިހުނު ދެ މީހުން ރޭ އިރާކޮޅު މާލެ ގެނެސް އޭޑީކޭގައި މިހާރު ދަނީ ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތާއި އަދި ދެ މީހުންގެ ވެސް މޫނާއި އަތާއި ފައިގެ ބޮޑު ބައެއް ވަނީ ފިހިފައިކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
މި ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް