ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

މި ހިނގާ 2017 ވަނަ އަހަރުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައެޅި ފައިސާ ކަމަށްވާ 23 މިލިއަން ރުފިޔާ މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީތަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ...

29 Oct 2017 | 09:12

މި ހިނގާ 2017 ވަނަ އަހަރުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައެޅި ފައިސާ ކަމަށްވާ 23 މިލިއަން ރުފިޔާ މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީތަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ހިއްސާ ކޮށްފައިވާ ތަފާސްހިސާބުގަ އެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެންމެ ބޮޑު އަދަދެއްގެ ފައިސާ ލިބިފައި ވަނީ މެންބަރުން އެންމެ ގިނަ ވެރިކަން ކުރާ ޕީޕީއެމްއަށެވެ.

ޕީޕީއެމް އަށް 10 މިލިޔަން ރުފިޔާ ދީފައިވާއިރު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީއަށް ދީފައިވަނީ 7.4 މިލިޔަން ރުފިޔާ އެވެ. މީގެ އިތުރުން އެމްޑީއޭއަށް 2.7 މިލިޔަން ރުފިޔާ ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށްވެސް އެ އަދަދު ދީފައި ވެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް މެންބަރުންގެ ނިސްބަތުން އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފައިސާ ދީ ހަލާސްކުރަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް