އެޗް އައި ވީ، އެއިޑްސް އަށް ޕޮޒިޓިވް ކަން އެނގިހުރެ ގަސްތުގައި 30 އަށްވުރެ ގިނަ އަންހެނުންނަށް އެއިޑްސް ޖެއްސި، އިޓަލީ ފިރިހެނަކު 24 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު، މި ހުކުމް އިއްވާފައިވަނީ އުމުރުން 33 އަހަރުގެ ވަލެންޓީނޯ ޓައްލޫޓޯ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
ކޯޓުގައި ފުލުހުން ބުނެފައިވާގޮތުގައި އެއިޑްސް ޖެހުނު ފަހުން މި ފިރިހެނާ ވަނީ 53 އަންހެނުންނާއެކު ރޭ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 32 އަންހެނަކު އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ރޭކުރާއިރު މި ފިރިހެނާ ހުރަސް ބޭނުން ނުކުރުމަށް ދެ ހުއްޖަތެއް ދައްކާކަމުގައިވެސް ކޯޓުގައި ފުލުހުން ބުނެފައި ވެ އެވެ. އެއީ ހުރަހަށް އެލާޖިކް ކަމަށްބުނެ ދައްކާ ހުއްޖަތާއި ދާދިފަހުން އެޗްއައިވީ ޓެސްޓެއް ހަދައި އެ ޓެސްޓް ނެގަޓިވް ކަމަށް ބުނާ ހުއްޖަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް