ސިންގަޕޫރުގައި އަންހެންކުދިންނަށް ހާއްސަކޮށް ހިންގަމުން އަންނަ ސްކޫލެއް ކަމުގައިވާ ސިންގަޕޫރު ޗައިނީސް ގާލްސް ސްކޫލުގެ ކައިރިން މާގިނައިން ކުރުކާކި ކެނޑި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާ އެ ސްކޫލުގެ ދޮރުމަތިން އެތައް ފަހަރެއްގެ މަތިން ކުރުކާލި ކަނޑާ މަންޒަރު، އެ ސްކޫލުގެ ބެލެނިވެރިންގެ ވަޓްސް އެޕް ގްރޫޕުތަކުގައި ދައުރުކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް