ދަނޑުމައްޗަށް ކުޑަކަމުދިޔުމުން ގޯލްކީޕަރަކަށް ރަތްކާޑުދައްކައިފި

އިނގިރޭސިވިލާތުގެ ހަތްވަނަ ޑިވިޒަންގައި ކުޅުނުމެޗެއްގައި ކީޕަރަކު ދަނޑުމައްޗަށް ކުޑަކަމުދިޔުމުން އޭނައަށް ރަތްކާޑު ދައްކައިފިއެވެ. ރަތް ކާޑު ދައްކާފައިވާ ކީޕަރަކީ ސަލްފޯޑުގެ މެކްސް ކްރުކޮމްބޭއެވެ. ސަލ...

29 Oct 2017 | 00:58

އިނގިރޭސިވިލާތުގެ ހަތްވަނަ ޑިވިޒަންގައި ކުޅުނުމެޗެއްގައި ކީޕަރަކު ދަނޑުމައްޗަށް ކުޑަކަމުދިޔުމުން އޭނައަށް ރަތްކާޑު ދައްކައިފިއެވެ.

ރަތް ކާޑު ދައްކާފައިވާ ކީޕަރަކީ ސަލްފޯޑުގެ މެކްސް ކްރުކޮމްބޭއެވެ. ސަލްފޯޑަކީ އިނގިރޭސިވިލާތުގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމް ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެެ ކުޅުންތެރިންތަކެއް ކަމުގައިވާ ރަޔާން ގިގްސްއާއި، ގޭރީ ނެވިލްއާއި، ފިލް ނެވިލްއާއި، ޕައުލް ސްކޯލްސްގެ އިތުރުން ނިކީ ބަޓްގެ ހިއްސާއޮންނަ ކްލަބެކެވެ.

ސަލްފޯޑުގެ ދަނޑު، ބްރެޑްފޯޑް ޕާކް އެވެނިއުގައި ކުޅެމުން ދިޔަ މި މެޗުގައި ކީޕަރު ދަނޑުމައްޗަށް ކުޑަކަމުގޮސްފައިވަނީ ސްޓިވާޑެއް އެކަން ނުކުރުމަށް ތަކުރާރުކޮށް ބުނެފައިވަނިކޮށްކަމަށް އެކްލަބުގެ ސެކްރެޓަރީ ކޯލިން ބާކަރ ވަނީ ބުނެފައެވެ. ކޯލިން ބުނެފައިވާގޮތުގައި ކީޕަރު ދަނޑުގެ ސްޓޭންޑްތަކެއްގެ އެއްފަރާތުގައި ހުރެ ކުޑަކަމުދަނިކޮށް ފެނިފައިވަނީ ލައިންސްމަނަކަށް ކަމަށެވެ. އަދި ލައިންސްމަން ރެފްރީއަށް އިޝަރާތްކޮށް މިކަން އެންގުމުން ކީޕަރަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީކަމަށް ކޯލިން ވަނީ ބުނެފައެވެ.

މި މައްސަލަ ސަޕޯޓަރަކު ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ. ކީޕަރަށް ރަތްކާޑު ދައްކައި ފޮނުވާލި ނަމަވެސް 1-2 ގެ ނަތީޖާއަކުން ސަލްފޯޑުވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް