އެމެރިކާގައި ބާރު ސްޕީޑްގައި ކާރު ދުއްވި 10 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އޮހާއިއޯގައި ބާރު ސްޕީޑްގައި ކާރު ދުއްވި 10 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކޮށްފި އެވެ. ނިމިދިޔަ ހަފްތާގައި ހިނގި މި ހާދިސާގަ...

29 Oct 2017 | 00:53

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އޮހާއިއޯގައި ބާރު ސްޕީޑްގައި ކާރު ދުއްވި 10 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކޮށްފި އެވެ.

ނިމިދިޔަ ހަފްތާގައި ހިނގި މި ހާދިސާގައި އެ ކުޑަކުއްޖާ ހައްޔަރުކޮށްފައިވަނީ ގަޑިއަކު 100 މޭލަށްވުރެ ބާރަށް ކާރު ދުއްވުމުން އެ ކުއްޖާ ހުއްޓުވުމަށް ފުލުހުންގެ ވެހިކަލްތަކެއްގައި ފުލުހުން މަސައްކަތް ކުރުމަށްފަހުގަ އެވެ.

ނޫސްތަކުގައި ބުނެފައިވާގޮތުގައި އެކުއްޖާ ދުއްވި ކާރަކީ އެ ކުއްޖާގެ ބައްޕަގެ ކާރެވެ. ގޭގައި މީހަކު ނެތްވަގުތު ބަލާފައި ކާރުގައި ނިކުތް އެ ކުއްޖާ ފުލުހުންނަށް އަތުވީ ވިނަގަނޑެއްގެ މައްޗަށް ކާރު އަރައި، އިތުރު ކާރު ނުދުވެ މަޑުޖެހުމުން ކަމުގައިވެސް ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް