ބަހުރޭނުގެ ޖިދް ހަފްސްގައި ފުލުހުންގެ ބަހަކަށް އަމާޒުކޮށް މިދިޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާއެއްގައި ފުލުސް އޮފިސަރަކު މަރުވެއްޖެ އެވެ.
އިތުރު އަށް ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބުމުން ފަރުވާ ހޯދަމުން އަންނައިރު މި ހަމަލާ ދީފައިވަނީ ޝެއިޚް ޚަލީފާ ބިން ސަލްމާން ހައިވޭގައި ދުއްވާފައި ދިޔަ ބަހަކަށް އަމާޒު ކޮށެވެ. މި ބަސް ދަތުރު ކުރަމުންދިޔައީ ޖިދް ހަފްސުން މަނަމާ އަށް ކަމުގައި ބަހުރޭނުން ވަނީ ހާމަކޮށްފަ އެވެ.
ބަހުރޭނުގެ ކަމާބެހޭ ވުޒާރާއަކުން ހާމަކޮށްފައިވާގޮތުގައި މި ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ އައިއީޑީ އެކެވެ. އަދި މި އައިއީޑީ ގޮއްވާލާފައިވަނީ ރިމޯޓެއް ބޭނުން ކޮށްގެން ކަމުގައިވެސް އެ ޒުވާރާއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް