ފަހު ހާފުގައި ކުޅެން ނިކުތް މާޝިއަލްގެ ލަނޑާއެކު ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށްފި

އޯލްޑް ޓްރޮފޯޑްގައި މިއަދު ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ އެންތޯނިއޯ މާޝިއަލް ކާމިޔާބު ކޮށްދ...

29 Oct 2017 | 00:17

އޯލްޑް ޓްރޮފޯޑްގައި މިއަދު ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ އެންތޯނިއޯ މާޝިއަލް ކާމިޔާބު ކޮށްދިން ލަނޑާއެކު ޔުނައިޓެޑުން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދައިފިއެވެ.

މާޝިއަލް މި ލަނޑު ކާމިޔާބު ކޮށްދިނީ ލުކާކޫ ދިން ޕާހަކުން މެޗުގެ 81 ވަނަ މިނެޓުގައެވެ. މިއީ ޔުނައިޓެޑުން މި ސީޒަންގައި ޕްރިމިއާ ލީގުގެ މެޗުތަކުގައި 80 ވަނަ މިނެޓުގެ ފަހުން ކާމިޔާބު ކުރި 10 ވަނަ ލަނޑެވެ.

ޔުނައިޓެޑްގެ މި ކާމިޔާބާއެކު އެ ޓީމުން ވަނީ މިއަދު އެ ޓީމާ ދެކޮޅަށް ނުކުތް ޓޮޓެންހަމްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައި ތާވަލުގެ ދެ ވަނައިގައި ހަމަޖެހިލާފައެވެ.

ޕްރިމިއާ ލީގުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ޑިފެންސިވް ކުޅުމެއް ރާވާއިރު، މިއަދުގެ މެޗުގައިވެސް ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ކުޅުނީ ޓޮޓެންހަމް އިންނެވެ. އެހެންނަމަވެސް އެންމެ މުހިންމު ފޯވާޑް ހެރީ ކޭން އަނިޔާގައި ހުރުމުން އޭނާ ނުލާ ކުޅުނު ޓޮޓެންހަމްއަށް ވަނީ ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާ ނުލެވިފައެވެ.

މި ބައްޔާއެކު ޓޮޓެންހަމް މި ވަގުތު ތިން ވަނައިގައި އޮތްއިރު، އެ ޓީމުގެ ކޯޗު ވަނީ، އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗަށް ކޭން އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ފުރުސަތު އޮތްކަމުގެ އިޝާރާތެއް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް