ބޮލީވުޑް ބަތޮލާ ތާޕްސީ ޕަންނޫ މިހާރު ކުރާކަމެއް އެނގޭހެއްޔެވެ.
"މަލްކް" ނަމަކަށް ކިޔާ ފިލްމަކަށް މި ބަތޮލާ ސޮއި ކޮށްފައިވާއިރު، ރިޝީ ކަޕޫރާއެކު ކުޅޭ މި ފިލްމުގައި ތާޕްސީ ކުޅެނީ ގާނޫނީ ވަކީލެއްގެ ރޯލެވެ.
ތާޕްސީ މިހާރު ކުރަމުން އަންނަ ކަމަކީ މި ރޯލަށް ފައްކާ ވުމަށް ގާނޫނީ ވަކީލުކަން ދަސް ކުރުމެވެ. ކޯޓުތަކުގައި ގާނޫނީ ވަކީލުން ވަކާލާތު ކުރަނީ ކިހިނެއް ކަމާއި މައްސަލައެއްގައި ވަކާލާތު ކުރުމުގެ ކުރިން އެކަމަށް ވަކީލުން ތައްޔާރުވަނީ ކިހިނެއްކަން ތާޕްސީ އަންނަނީ ދަސް ކުރަމުންނެވެ.
އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ ރައްޓެހިންގެ ގޮތުގައި ގާނޫނީ ގިނަ ވަކީލުންތަކެއް ތިބުމުން، މަލްކްގައި ގާނޫނީ ވަކީލެއްގެ ރޯލު އަދާކުރުމަށް އެކުވެރި ގާނުނީ ވަކީލުންގެ އެހީތެރިކަމާއެކު ގާނޫނީ ވަކީލުކަން ކުރާނެ ގޮތް ދަސްކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް