ޔަމަހާގެ އައު ސައިކަލު، ދިވެހިންނަށް ކަމުދާނެތަ !؟

ޔަމަހާއޭ ބުނުމުން މިއީ ދިވެހިންނަށް އައު ބަހަކަށް ނުވާނެ އެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގްބޫލު މި ބްރޭންޑަކީ ވެހިކަލް އުފެއްދުމުގައްޔާއި އިންޖީނު އުފެއްދުމުގައި މުޅި ދުނިޔެއިންވެސް ފާހަގަ ކޮ...

28 Oct 2017 | 22:55

ޔަމަހާއޭ ބުނުމުން މިއީ ދިވެހިންނަށް އައު ބަހަކަށް ނުވާނެ އެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގްބޫލު މި ބްރޭންޑަކީ ވެހިކަލް އުފެއްދުމުގައްޔާއި އިންޖީނު އުފެއްދުމުގައި މުޅި ދުނިޔެއިންވެސް ފާހަގަ ކޮށްލެވޭ ބްރޭންޑެކެވެ.

މިހާރު ޓޯކިޔޯގައި ކުރިއަށްދާ ޓޯކިޔޯ މޮޓޯ ޝޯގައި ޔަމަހާވެސް މިވަނީ ބައިވެރިވެފަ އެވެ. އަދި ބައެއް އައު އުފެއްދުންތަކާއި ކޮންސެޕްޓްތައްވެސް ދައްކާލާފަ އެވެ. އެގޮތުން "ނިކެން ތްރީ ވީލްޑް މޮޓޯ ސައިކަލް" ކޮންސެޕްޓެ މި ޝޯގައި ޔަމަހާއިން ވަނީ ދައްކާލާފަ އެވެ.

ތިން ފުރޮޅުލީ ސައިކަލު ކޮންސެޕްޓަކީ އައު ކޮންސެޕްޓެއް ނޫނެވެ. ދިވެހިންގެ މެދުގައިވެސް މި ކޮންސެޕްޓަކީ އައު ކޮންސެޕްޓެއް ނޫނެވެ. ނަމަވެސް ޔަމަހާ ކަހަލަ ބޮޑު ކުންފުންޏަކުން މި ކޮންސެޕްޓަށް ތާއީދުކުރާކަން ދައްކައިލި މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެ އެވެ.

މި ކޮންސެޕްޓް ފައްކާކޮށް މާކެޓަށް ނެރޭނެކަން ނުވަތަ ނޫންކަންވެސް ޔަމަހާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ތިން ފުރޮޅުލީ ސްކޫޓަރެއް ޔަމަހާއިން މިހާރު ބާޒާރަށް ނެރެފައިވާއިރު މި ކޮންސެޕްޓްގެ ސައިކަލު ދާދި އަވަހަށް ޔަމަހާއިން ނެރޭނެ ކަމުގައި ބެލެވެ އެވެ.

ޔަމަހާގެ މި ކޮންސެޕްޓް ދިވެހިންނަށް ކަމުދާނެތޯ މިއީ އުފެދޭ ސުވާލެކެވެ!؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް