މަޝްރޫމް: ބަރުދަން ލުއިކޮށް އެއްވަރެއްގައި ހިފަހައްޓާލުމަށް މޮޅު އެހީއެއް!

އަވަސް އަވަހާ ބަނޑުހައިވޭ ހެއްޔެވެ؟ މިގޮތަށް ބަނޑުހައިވުމުން ގިނައިން ކާންޖެހި ފަލަވާގޮތް ވޭހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބަކީ "އާއެނކޭ" ކަމުގައިވާނަމަ އަދި ބަރުދަން ލުއި ކުރަން ބޭނުންވާނަމަ ހެނދުނުގެ ...

28 Oct 2017 | 22:25

އަވަސް އަވަހާ ބަނޑުހައިވޭ ހެއްޔެވެ؟ މިގޮތަށް ބަނޑުހައިވުމުން ގިނައިން ކާންޖެހި ފަލަވާގޮތް ވޭހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބަކީ "އާއެނކޭ" ކަމުގައިވާނަމަ އަދި ބަރުދަން ލުއި ކުރަން ބޭނުންވާނަމަ ހެނދުނުގެ ނާސްތާގައި ގިނައިން މަޝްރޫމް ބޭނުން ކުރާށެވެ.

ސަބަބު ތިރީގައި މިވަނީ އެވެ.

މަޝްރޫމް ކެއުމުން ބަނޑުފުރިފައިވާކަމުގެ އިހުސާސެއް ގެނެސްދީ އަވަސް އަވަހާ ބަނޑުހައިހޫނުކަމުން، ދުރުކޮށްދެއެވެ. މިކަން ވަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް މިނިސޯޓާ އިން ހޯދި ހޯދުމަކުން ސާބިތުވެފައެވެ. މި ހޯދުމުން ސާބިތުވެފައިވާގޮތުގައި މަހުގެ ބަދަލުގައި ގިނައިން މަޝްރޫމް ބޭނުން ކުރުމުން ދުވާލުގެ ބާކީ އޮންނަ ވަގުތުގައި ބަނޑުހައިވާ މިންވަރު ކުޑަވެފައި ކާހިތްވާ މިންވަރު މަދުވެއެވެ. މިއީ ބަރުދަން ހެޔޮވަރު ވަރެއްގައި ބެހެއްޓުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެކެވެ. އަދި މީގެ އިތުރުން ސަރުބީ ވިރުވައިދިނުމަށް ބޭނުންވާ ވިޓަމިން ބީގެ މިންވަރު މަޝްރޫމްސްގައި ގިނައެވެެ. އެހެންކަމުން ގިނައިން މަޝްރޫމް ބޭނުންކުރާނަމަ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމަށްވެސް ފަސޭހަވެގެންދެއެެވެ.

ކެއުމުގައި މަޝްރޫމު ބޭނުންކުރާނަމަ  ކުރާނަމަ އެންމެ ރަނގަޅުގޮތަކީ ފިހެގެން ނުވަތަ މައިކްރޯވޭވްކޮށްގެން ބޭނުންކުރުމެވެ. ސަބަބަކީ މައިކްރޯވޭވްކުރުމުން ނުވަތަ ފިހުމުން އޭގައި ހިމެނޭ ސިއްހަތައް ފައިދާހުރި މާއްދާތައް އެއްވަރެއްގައި ހިފެހެއްޓިގެންދާތީއެވެ. މަޝްރޫމް ތެލުލައިފިނަމަ ނުވަތަ ފެނުކައްކައިފިނަމަ އޭގައި ހުންނަ ގިނަ މާއްދާތަކެއްގެ ބޮޑު ނިސްބަތެއް މަދުވެގެންދެއެވެ. އަދި ތެލުލައިފިނަމަ އޭގައި ހުންނަ ސަރުބީގެ މިންވަރު އިތުރުވެގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް