މޯބައިލް ޕޯޓެބިލިޓީގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރަފު ކުރާނަން: ކޭމް

މޯބައިލް ޕޯޓެބިލިޓީގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރަފު ކުރާނެކަމަށް  ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ. މޯބައިލް ފޯނު ނަންބަރު ބަދަލުނުކޮށް ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކ...

29 Oct 2015 | 17:22

މޯބައިލް ޕޯޓެބިލިޓީގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރަފު ކުރާނެކަމަށް  ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

މޯބައިލް ފޯނު ނަންބަރު ބަދަލުނުކޮށް ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ޚިދުމަތް ނުވަތަ ސަރވިސް ޕްރޮވައިޑަރ ބަދަލު ކުރެވޭ އެ ހިދުމަތް ތާރަފް ކުރުމަށް ކޭމްއިން މަސައްކަތް ކުރަމުން އަންނަ އިރު، އެ ހިދުމަތުގެ ސަބަބުން ދިރާގު ނަންބަރެއް ގެންގުޅޭ މީހަކު، އުރީދޫ ނެޓްވޯކަށް ބަދަލުވެވިދާނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ބޭނުންކުރާމީހަކު، ދިރާގަށްވެސް ބަދަލުވެވިދާނެއެވެ.

މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ރާއްޖޭގައި މިހާރު މުޢާޞަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ ގުޅިގެންނެވެ.

ނެޝަނަލް އާޓު ގެލަރީގައި މިހާރު ކުރިއަށްދާ ޓެލްކޮމް އެންޑް އައސީޓީ ފެއަރގައި އުރީދޫއިން މި ޚިދުމަތުގެ ޑެމޮންސްޓްރޭޝަން ދައްކަމުންދާ އިރު، އުރީދޫގެ އޮފިޝަލަކު ވިދާޅުވީ މީގެ ކުރިން ނެޓްވޯކް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ސިމްކާޑު ނުވަތަ އަމިއްލަ މީހާއަށް ގުޅޭ ނަންބަރު ބަދަލުކުރަން ޖެހުމުން ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނުނަމަވެސް މި ހިދުމަތުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ލިބޭނެކަމަށެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީން ބުނީ މި އަހަރު ނިމުމުގެ ކުރިން އެ ޚިދުމަތް ތައާރަފް ކުރާނެ ކަމަށާއި ޚިދުމަތް ބޭނުންނަމަ "ޕްރޮސީޖަރ ކުރިއަށްގެންދާނެ ގޮތް ޚިދުމަތް ތައާރަފް ކުރުމާއެކު ތަފްސީލުކޮށް އެންމެންނަށްވެސް އަންގާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް