ބީއެމްއެލްގެ މޯބައިލް އަދި އިންޓަނެޓް ބޭންކިން ހިދުމަށް ލޯފަން ފަރާތްތަކަށް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އަދި އިންޓަނެޓް ބޭންކިން ހިދުމަތް ލޯފަން ފަރާތްތަކަށް ދޭން ފަށާފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ. އެ ބޭންކުން ބުނީ މި ހިދުމަތް ދޭންފެށުމާއެކު ބޭންކިންގ ޚިދުމަތް ހޯ...

29 Oct 2015 | 13:55

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އަދި އިންޓަނެޓް ބޭންކިން ހިދުމަތް ލޯފަން ފަރާތްތަކަށް ދޭން ފަށާފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ބުނީ މި ހިދުމަތް ދޭންފެށުމާއެކު ބޭންކިންގ ޚިދުމަތް ހޯދުމަށް ބޭންކުގެ ބްރާންޗަކަށް އައުމުގެ ބަދަލުގައި ލޯފަން ފަރާތްތަކަށް އިންޓަނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގ މެދުވެރިކޮށް ބޭނުން ވަގުތަކު ބޭންކުގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

" ބީއެމްއެލް އިން ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުންނާއި ބޭންކުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅަށް ފޯރުކޮށްދިމުގެ ގޮތުން ގިނަ އިންވެސްމަންޓްތަކެއް ވަނީ ކޮށްފަ. އަޅުގަނޑުމެންގެ މުޖްތަމަޢުގެ މުހިއްމު ބަޔަކަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގެ ޚިދުމަތް މިއަދު ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިހާރު ކޮންމެ ތަނެއްގައި ހުންނަވައިގެންވެސް، ބޭނުން ވަގުތަކު ބޭންކުގެ ޚިދުމަތްތައް އެފަރާތްތަކަށް ލިބިގެންދާނެ" މި ޚިދުމަތް  ލޯފަން ފަރާތްތަކަށް ދޭން ފެށުމާ ގުޅިގެން ބީއެމްއެލްގެ ރީޓޭލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ ލޯފަން ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދެނީ އެ ފަރާތާ، އެ ފަރާތުން ކަނޑައަޅާ ބެލެނިވެރިޔަކާއި ބޭންކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި މި ދިޔަ އަހަރުން ފެށިގެން ބޭންކުން އަންނަނީ މި ފަދަ އެއްބަސްވުމެއްގެ ދަށުން ލޯފަން ފަރާތްތަކަށް ޑެބިޓް ކާޑު ދޫކުރަމުން ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް