މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވަފުދެއް ގދ. އަތޮޅަށް ހިނގައްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ވަފުދެއް ގދ. އަތޮޅަށް ހިނގައްޖެއެވެ. މިއީ ކުޑަކުދިންނާއިގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ އުޞޫލުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭގޮތުން މަޢުލޫމާތު ފ...

29 Oct 2015 | 13:29

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ވަފުދެއް ގދ. އަތޮޅަށް ހިނގައްޖެއެވެ.

މިއީ ކުޑަކުދިންނާއިގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ އުޞޫލުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮއްދިނުމަށް ކުރާ ދަތުރެކެވެ. އަދި މިދަތުރުގައި އެކައުންސިލުގެ ދައުރާއި މަސައްކަތްތައްވެސް ހާމަކޮއްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުން ފެށިގެން އަންނަ ނޮވެމްބަރ މަހުގެ 1ވަނަ ދުވަހާއި ހަމައަށް ކުރުމަށް ތާވަލު ކުރެވިފައިވާ މި ދަތުރުގައި އެއަތޮޅު މަޑަވެއްޔާއި ތިނަދޫއަށް ޒިޔާރަތްކޮށް ބާއްވާ ސެޝަންތަކުގައި އެ ދެރަށުގެ ސްކޫލު ކުދިންނާއި ބެލެނިވެރިންނާއި ކައުންސިލު މެމްބަރުންނާއި މުދައްރިސުންނާއި ސިވިލް ސަރވިސް މުއައްޒަފުންނަށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު އެ ކައުންސިލުން ބާއްވަމުން އަންނަ ސިލްސިލާ މިދަތުރުގައި މިހާތަނަށް 3 އަތޮޅެއްގެ 4 ރަށަކަށް މަޢުލޫމާތުވަނީ ދީފައެވެ. އެގޮތުން ކ. ހިންމަފުށި، ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އާއި ލ. ގަމަށް ޒިޔާރަތްކޮށް 406 ދަރުވަރުންނާއި 212 ބެލެނިވެރިންނާއި 109 ސިވިލް ސަރވިސް މުއައްޒަފުންނަށް ވަނީ މިފަދަ ސެޝަންތައް ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް