ފުވައްމުލަކު ފިހާރައެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ފުވައްމުލަކު މިސްކިތްމަގު ގައި ހުރި ޓްރޭޑް ވޭވްސް ނަމަކަށް ކިޔާ ފިހާރައިގައި އަލިފާން ރޯވެއްޖެ އެވެ. ފުލުހުން ބުނީ  ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި މި ފިހާރައިގައި އަލިފާން ރޯވެފައިވާ މައްސަ...

29 Oct 2015 | 03:52

ފުވައްމުލަކު މިސްކިތްމަގު ގައި ހުރި ޓްރޭޑް ވޭވްސް ނަމަކަށް ކިޔާ ފިހާރައިގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ  ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި މި ފިހާރައިގައި އަލިފާން ރޯވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 05:48 ހާއިރު ކަމަށެވެ.

އެވަގުތުން ފެށިގެން ފުލުހުން ނުކުމެ އެމް އެން ޑީއެފްގެ ފަޔަރމަނުންނާ ރައްޔިތުންނާ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު އެފިހާރައިގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 07:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ލިބި  ފިހާރައިގައި ހުރި ގިނަ ޢަދަދެއްގެ މުދާ އަނދާފައި ވާކަމަށެވެ. އަދި އެފިހާރައިގައި އަލިފާން ރޯވާން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުން ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް