ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީ ގާއިމް ކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އިއްޔެ ހއ. އުތީމުގައި ހުޅުވި ފާމަސީއާއެކު ރާއްޖޭގައި ފާމަސީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީ ގާއިމްކޮށް ނިމިފައި ވާކަމަށެވެ.
އެސްޓީއޯއިން ބުނީ މި މަޝްރޫއުގެ ދަށުން 137 ފާމަސީއެއް ގާއިމްކޮށްފައިވާއިރު އެސްޓީއޯއިން ކުރިއަށްގެންދާ ފާމަސީ ޕްރޮޖެކްޓް ނިމޭއިރު އެ ކުންފުނީގެ 186 ފާމަސީއެއް ރާއްޖޭގައި ހުންނާނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ލިބެމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުންނާއި ރައްޔިތުންގެ އެހީތެރިކަން ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް