އެޗްޑީސީގެ ޗެއާމަން އަދި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ ގެ ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހުމަދުގެ ...

29 Oct 2015 | 00:24

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހުމަދުގެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރަކާއެކު ހ.ވީޕިން ވިލޯގެ އަށް ފުލުހުން ވަދެފައވަނީ ރޭ 1:00 ހާއިރު އެވެ. ފާސްކޮށް ނިންމާލާފައިވަނީ މެންދަމު 3:25 ހާއިރު އެވެ. ހައްޔަރުކޮށްފައިވަނީ ދެ ބިދޭސީ އެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ގެއެއް ބަލައިފާސްކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

ރިޔާސީ ލޯންޗުގައި ބޮންގޮށްވި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މި ފަހަކަށް އައިސް ސަލާމަތީ ބާރުތަކުނ އަންނަނީ މާލޭގެ ގިނަ ގެތަކެއް ބަލައި ފާސްކޮށްފަ އެވެ. އަދި ބައެއް ގޭގެއިން ގިނަ އަދަދެއްގެ ތަކެތިވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް