ފުވައްމުލަކު ސިޓީން ވާ މަދުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ސިޓީ ކައުންސިލުން ގުޅިގެން ފަށައިފިއެވެ.
ފުވައްމުލަކު ސިޓީގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވުމާއެކު، ސެޕްޓެންބަރު 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ކޮންމެ ދުވަހަކުވެސް އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް