މޯލްޑިވިއަން އެއާރލައިން އިން ޓިކެޓްތަކުގެ އަގުތައް ކަނޑައަޅުއްވާފައިވާ ގޮތާ މެދު ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ސުވާލުއުފައްދަވައިފިއެވެ.
"މޯލްޑިވިއަން އަކީ ފައްކާ އެއާރލައިނެއް! ނަމަވެސް، މާލެއިން ކައްދޫއަށް ގާތްގަޑަކަށް40 މިނިޓްގެ ދަތުރަކަށް ދެކޮޅު ޓިކެޓް ގާތްގަނޑަކަށް3000ރ އަށް ލިބެނީ، އެކަމު މާލެއިން ކޫއްޑޫއަށް ގާތްގަޑަކަށް އެއް ގަޑިއިރުގެ ދަތުރަކަށް2220ރ އަށް ދެކޮޅު ޓިކެޓް ލިބޭ، މިއީ ކިހިނެއް ކަނޑައަޅާ އަގުތަކެއްބާ؟" މާރިޔާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް ބޮޑުވުމާއި ގުޅިގެން މީގެ ކުރިން އާއްމުންވެސް ވަނީ މިކަމާއި ފާޑު ކިޔާފައެވެ.
40 މިނެޓްގެ ދަތުރަކަށް ވުރެން އެއް ގަޑިއިރުގެ ދަތުރުތައް ކުރާ ފްލައިޓްތަކުގެ އަގުތައް ތަފާތުވުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް