ފުލުހުން ފެނުމުން ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި މަސްތުވާ ތެކތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފޮރުވަން އުޅުނު މީހަކު އެ ތަކެއްޗާއި އެކު ހައްޔަރަށް ގެންގޮސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ49 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ15 ދުވަސް ޖަހާފައެެވެ.
އޭނާގެ މައްޗަށް ހުށަހަޅާފައިވާ ހެކީގެ ނިސްބަތުން އޭނާ އެކުށް ކުރިކަމަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައި ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ފުލުހުން ފެނުމުން އޭނާ ހުރި ދިމާލުގައި އޮތް ޕިކަޕެއްފެ ދަށަށް އެއްޗެއްލާ ފޮރުވުމަށް މަސައްކަތް ކުރި ކަމަށްށެވެ. އަދި އެ މަންޒަރު ފެނުމުން ފުލުހުން އެތަން ބަލާއި، އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ހަތަރު ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު، ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން އޯޕީއައި، ބެންޒޯގެ އިތުރުން އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ތުހުމަތުކުރާގޮތުގައި އޭނާއަކީ މަގުމަތީ ލެވްލްގައި މަސްތުވާތެކެތީގެ ވިޔަފާރީ ކުރާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް