އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާގެ ބޯނަސްއެއް!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި25،000 ރުފިޔާ ދިނުމަށް އެމްސީއެލްއިން ނިންމައިފިއެވެ. މިދިޔަ އަހަރުގެ ފައިދާއިން ބޯނ...

29 Sep 2024 | 13:56

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި25،000 ރުފިޔާ ދިނުމަށް އެމްސީއެލްއިން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ފައިދާއިން ބޯނަސްގެ ގޮތުގައި ޖަމާވާ ރުފިޔާ މިއަދު މުވައްޒަފުންނަށް ޖަމާވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

4،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އެ ކުންފުނީގައި ފާއިތުވި ދެ އަހަރުވެސް ބޯނަސްގެ ގޮތުގައި25،000 ދީފައިވެއެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާގެ ގޮތުގައި1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އޭގެ ކުރީ އަހަަރަށް20 އިންސއްތައަށް ވުރެން ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.2022 ވަނަަ އަހަރު އެ ކުންފުނީގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ868 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް