ކަނޑުމަތީގައި އަލިފާނުގެ ހާދިސާ ހިނގި "ހަމްދު" ދޯނި އަޑިއަށް

މިއަދު ހެނދުނު ކަނޑުމަތިން އަލިފާނުގެ ހާދިސާ ހިނގި "ހަމްދު" ދޯނި އަޑިއަށްގޮސްފިއެވެ. މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ މެރިން ފުލުހުން މިއަދު ހެނދުނު 07:30 ހާއިރު ބުނެފައިވަނީ މިއަދު ހެނދުނު 07:15 ހ...

29 Sep 2024 | 12:14

މިއަދު ހެނދުނު ކަނޑުމަތިން އަލިފާނުގެ ހާދިސާ ހިނގި "ހަމްދު" ދޯނި އަޑިއަށްގޮސްފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ މެރިން ފުލުހުން މިއަދު ހެނދުނު 07:30 ހާއިރު ބުނެފައިވަނީ މިއަދު ހެނދުނު 07:15 ހާއިރު ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާއި ދެމެދު އޮތް މުދާ އުފުލާ އޮޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އެއަށްފަހު އެމްއެންޑީއެފްއިން މެންދުރުން އަނބުރާ 03:23 ހާއިރު ބުނެފައިވަނީ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ އިންޖީނު ރޫމުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ އަދި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން މިއަދު 14:20 ހާއިރު ނިއްވާލާފައިވާކަމަށެވެ.

ނަމަވެސް އޭގެ ފަހުން ފުލުހުން ބުނެފައިވަނީ އަލިފާން ނިއްވުމުގެ ތެރޭގައި ދ. ކުޑަހުވަދޫ ކައިރިއަށް އެ ދޯނި އަޑިއަށްގޮސްފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެ ދޯނީގައި ތިބީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ. ހާދިސާގައި ދޯނި އަޑިއަށްދިޔަ ނަމަވެސް ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް