ރާއްޖެއަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ރައީސް ދައްކުވައިދެއްވައިފި: ޤާސިމް

ދިވެހިރާއްޖެއަކީ ފަޙްރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ،ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދުކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ރައީސުލްޖު...

29 Sep 2024 | 10:15

ދިވެހިރާއްޖެއަކީ ފަޙްރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ،ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދުކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދައްކުވައިދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ރައީސް ވަރަށް ވަރަށް ބޮޑަށް ތައުރީޫފުކުރައްވާ އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ، މީގެ ފަންސާސް ނުވަ އަހަރު ކުރިން ދިވެހީންގެ މިނިވަން ދިދަ އދ ގެ އިދާރާގައި ވިހުރެންފެށިފަހުން، މި ގައުމުގެ ވެރިއަކު އދ ގައި ދިވެހި ގައުމު ތަމްސީލްކުުރުމުގައި ރައީސް ޑރ މުއިއްުޒު ދިވެހި ގައުމު ތަމްސީލް ކޮށްދެއްވީ ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން2040 ވަނަ އަހަރު ދިވެހިރާއްޖޭގެ މިނިވަންކަމަށް75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި ރައީސް މުއިއްޒު ކުރައްވާ ތަސައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާފައިވާ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް