ގޭންގުތަކާއި ކުށްތަކާއި ދެކޮޅަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އަދި ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓީކްކޮށް ފުލުހުން ތިބެ، ބަލަހައްޓަމުން ގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އޮނިގަނޑަށް ގެނައި ބަދަލާއި އެކު ގޭންގުތަކާއި ކުށްތައް ކުރާ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ވަނީ ގާއިމްކޮށް މަސައްކަތް ފަށާފައެވެ.
މިކަމާއި ގުޅިގެން ކޮމިޝަނާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއެްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައި ވާކަމަށާއި، މި ކަންކަމާއި ދެކޮޅަށް ކުރެވޭ މަސއްކަތްތައް ހަރުދަނާ ކުރުމަށް ގޭންގު ކުށްތަކާއި ދެކޮޅަށް މަސައްކްްތް ކުރާ ބަހާއާއި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ މި ބަހާތަކުންވެސް މިނިޓަރުކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތްކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުންވަގުތައް ނިންމުމުގައި މިހާރު އަވްސްވާނެކަމަށް ވެސް ސީޕީ ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން އަތޮޅު ތެރޭގައިވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމުގެ މޮޑެލްއަކަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުންވެސް ޕޮޒިޓިވް ފީޑްބެކްއެއް ލިބެމުންދާ ކަމަށާއި މި މައްސަކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ ބުނާކުރަނިވި ހިޔާލަކީ ބަލައިގަންނާނެ އެއްޗެއްކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް