މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް، މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދުމަށް އަނެއްކާވެސް ޕީސީބީން ހުޅުވާލާއިފިއެވެ.
މިފްކޯއިން ސީއީއޯއެއް ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށްފައިވަނީ ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން އެ މަގާމަށް ކުރިިމަތިލާފައި ނުވާތީއެވެ.
ޕީސީބީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މަގާމަށް ބޭނުންވަނީ މަސްވެރިންގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހެއް ކަމަށެވެ. މަގާމަށް މީހަކު ހޮވުމުގައި ގާބިލްކަމާއި ތަޖުރިބާއަށް ބަލާނެ ކަމަށާއި އެ މަގާމަށް ހޮވޭ ފަރާތްތަކާއިއެކު އެއްބަސްވުން ހަދާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވވެއެވެ.އެ މަގާމަށް ހޮވޭ ފަރާތެއްގެ މުސާރައަކީ12،0000-ި15،000 ޑޮލަރު ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތައް އަންނަ މަހުގެ8 ވަނަ ދުވަހުގެ މެންދުރު2:00 ގެ ނިޔަލަށް ހުށަހެޅުމަށް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް